އައްޑޫ ސިޓީގައި ޓްރޭނިންގް ހަދަމުން އައި ދަރިވަރުން ތެރެއިން ކާނާ ވިހަވެގެން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އައި ދެ ދަރިވަރުންގެ ހާލުވެސް އަންނަނީ ރަގަނޅު ވަމުން ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން އެ ދެ ދަރިވަރުން ތެރެއިން އެއް ދަރިވަރަކު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. މިގޮތުން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އެންމެ ދަރިވަރަކަށްށެވެ. އެ ދަރިވަރުގެ ހާލުވެސް އަންނަނީ ރަގަނޅު ވަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައްޑޫ ޕޮލިސް ސުކޫލުގެ ގިނަ ދަރިވަރުން ތަކެއް ވަނީ17 ވީ ބުދަ ދުވަހުގެ ރޭ އައްޑޫ ހޮސްޕިޓަލަށް ކާނާ ވިހަވެގެން ގެންގޮސްފައެވެ. މިގޮތުން ފަސް ދަރިވަރެއްގެ ހާލު ސީރިއަސް ވެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ހަތަރު ދަރިވަރުން މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައެވެ. ފުލުހުން ބުނީ ކާނާ ވިހަވުމުގެ ސަބަބުން ހާލު ސީރިއަސް ވެ އެދުމަތި ކުރެވިފައިވަނީ32 ދަރިވަރުން ކަމަށެވެ. ދުވަސް އަށް މައުލޫމާތު ލިބުނު ގޮތުގައި50 އަށް ވުރެން ގިނަ ދަރިވަރުން ކާނާ ވިހަވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދައްކާފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް