ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާއަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު މިސްޓަރ ވަންގް ޔީ ގެ ދައުވަތަކަށް ޒަމީރު މިމަހުގެ 20 (މާދަމާ) އިން 24 ގެ ނިޔަލަށް ޗައިނާގައި ހުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޒަމީރު، ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ޗައިނާގެ މުހިންމު ކުންފުނިތަކާއެކު މިނިސްޓަރު ޒަމީރު މަޝްވަރާ ކުރައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް