ބޮޑެތި މުސާރައާއި މަގާމު ކަށަވަރުވަނީ ސަރުކާރުގެ އިސްވެރިންގެ ގާތް މީހުންނަށް: ޑރ ޖަމީލް

ބޮޑެތި މުސާރައާއި މަގާމުތައް ކަށަވަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް ނުވަތަ ރައްޔިތުން މަޖިލީހުގެ ރައީސް އަދުރޭގެ އާއިލާ އަދި ގާތް މީހަކަށް ވުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމ...

19 Jul 2024 | 12:18

ބޮޑެތި މުސާރައާއި މަގާމުތައް ކަށަވަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް ނުވަތަ ރައްޔިތުން މަޖިލީހުގެ ރައީސް އަދުރޭގެ އާއިލާ އަދި ގާތް މީހަކަށް ވުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު، ތައުލީމީ މީހުންނަށް ބޮޑެތި މުސާރަދިނުމަށ ް200 މިލިއަން ހާއްސަ ކުރައްވާނެ ކަމަށް ރޭ ރައީސްގެ ހާއްސަ ސްކޮލާރޝިޕާ ހަޔާ އެޗީވާސް ސްކޮލާޝިޕް ހާސިލް ކުރެއްވި ދަރިވަރުންނަށް ލިޔުން ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

"އެކި ދާއިރާތަކުން ކިޔަވައިގެން ތިބޭ ދިވެހިންނަށް ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ބައްޓަން ކުރަން200 މިލިއަން ރުފިޔާ ކަނޑައަޅާނަން. ނަތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓަރަށް ވުރެ ރަގަނޅު މުސާރައެއް ސަރުކާުން ލިބޭނެ. ރާއްޖެ އިން ބޭރުގަ ތިބޭކަށް ނުޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގެދޮރުގެ އިތުރުން ދަރިވަރުންގެ ފަރާތުން ދެން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ވަޒީފާ ނުލިބުން ކަމަށާއި އެކަން ހައްލު ކުރަން ގިނަ ދާއިރާތަކަކީ ހަމައެކަނި ދިވެހީންނަށް މަސައްކަތް ކުރެވޭނެ ދާއިރާތަކުގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި މީހުން ބޭނުންވާ ކަމަށާއި ކިޔަވައިގެން ތިބޭ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ލިބޭ ވަޒީފާ ދޭ އެ މަނިކުފާނު ވަނީ ނިންމަވާފައި ކަމަށެވެ.

މިކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޮޑެތި މުސާރައާއި މަގާމުތައް ކަށަވަރު ވަނީ ގާތް މީހުންނަށް ކަމަށެވެ. އަދި އެކަމުގެ ރޯލްމޮޑެލް އަކީ އަދުރޭ ކަމަށެވެ.

"އެކްޝަން ސްޕީކްސް ލައުޑާ ދެން ވޯޑްސް" ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް