އާބާދީ ބޮޑެތި ރަށްރަށް ތަރައްޤީ ކޮށްގެން ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ކަންކަން ކުރިއަކަށް ނުދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ، ކުޅުދޫފުށީ ސިޓީގައި ވެމްކޯ ޚިދުމަތް އިފްތޮތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ބާރުސްޕީޑްގައި ވައުދުތައް ފުއްދަވަމުން ދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި ޙާއްސަ ގޮތެއްގައި ބޮޑެތި ރަށްރަށް ސިޓީތަކަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ، ރާއްޖެ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، ހުރިހާ ރަށެއްގައިވެސް އަސާސީ ޚިދުމަތް ޤާއިމްކޮށް ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަދަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ، ތަރައްގީއާއި އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތެއް ކަމަށް އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އާބާދީ ބޮޑެތި ރަށްތައް ތަރއްގީކޮށް ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރއްގީގެ ކަންކނަް ކުރިއަށް ނުދާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވީ، ގައުމު މިއަދު އޮތް ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ އިރު،500 ނުވަތަ700 އާބާދީ އޮންނަ ރަށްތަކުގައި ހުރިހާ ޚިދުމަތެއް ޤާއިމް ކުރުން ވެގެންދާތީ އުދަންގޫ ކަމަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ސިޓީ ތަކުގައި އާރބަން ސެންޓަރުތަކެއް ޤާއިމްކޮށް މާލެއާއި އެއް ފެންވަރުގައި އެތަންތަނުން ޚިދުމަތް ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން މާލެ ތޮތްޖެހެމުންދާ ދިޔުމަށް ނިމުމެއް ގެނެވޭނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް