ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގޯތިގެދޮރުގެ ކަންކަން އޮތީ އެންމެ ރަގަނޅު ހާލަތެއްގައި ނޫން ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ގޯތިގެދޮރުގެ ދަތިކަން ވަރަށް ބޮޑަށް ތަހައްމަލްކުރާ ކިޔަވާން ކުދިން އެބަތިބި ކަމަށެވެ. އެގޮތުން ގޯތިގެދޮރުގެ ދަތިކަން ހައްލު ކުރުމަށް ޙާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވަނީ މިރޭ ބޭއްވުނު މަތީ ސާނަވީ ހާސިލްކޮށްފައިވާ ދަރިވަރުންނަށް ރައީސް ފަރާތުން ދޭ ސްކޯލާޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.
މިރޭ މާލެ ސަރަހައްދުގައި ގެދޮރުވެރިކަމުގެ "ވާނުވާ" ނޭގޭތީ މާލެ ރައްޔިތުން ތަކެއް ނިކުމެ ވަނީ ސުލްހަވެރި އިހުތިޖާޖެއްވެސް ކޮށްފައެވެ.
ސަރުކާރުން ދަނީ ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ކުރިންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް