މާލޭ ރައްޔިތުންގެ ބޯހިޔާވެހިކަމުގައި ޖެހިފައިވާ "ވާނުވާ" ގެ ޖަވާބު ހޯދުމަށް ސުލްހަވެރި އިހުތިޖާޖެއް މާލެ ނިއު ޕޯޓު ސަރަހައްދުގައި ކޮށްފިއެވެ.
މިރޭ ކުރެވުނު މި ސުލްހަވެރި އިހުތިޖާޖުގައި ފުދޭވަރަކަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
އިހުތިޖާޖުގެ ބައިވެރީން ބުނަނީ މި އިހުތިޖާޖަކީ އަސާސީ ހައްގުތަކުގައި ވާނުވާ ޖެހުމުން ޖަވާބު ހޯދުމަށް ކުރެވޭ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ. އަދި ރައްޔިިތުން އާދޭސްތަކަށް ބީރުކަންފަތެއް ދިނުމުން، ދެން ހަރު އަޑުން ހަޅޭލެވުން ނޫން ގޮތެއް ނެތް ކަމަށެވެ.
އެތައްހާސް ރައްޔިތުންގެ އަސާސީ ހައްގުތަށް ހުއްޓުމަކަށް އައުމުން، އެ ރައްޔިތުން ކަންބޮޑުވާނެ ކަމަށާއި، ހިއްކަން ހުރި ބިންތަކުގައި މަސައްކަތް ނުހިނގާ އިރުގައި، ރައްޔިތުން ސަލާން ޖަހަން ދާންވީ ކޮން މިނިސްޓްރީ އަކަށް ކަން، ސަލާންޖަހަން ވީ ކާކު ކައިރީގައި ކަން ވެސް ނޭނގޭހާ ވާނުވާގައި ރައްޔިތުން ބެހެއްޓުމުން ކަންބޮޑުވާނެ ކަމަށް އިހްތިޖާޖްގެ ބައިވެރިން ދަނީ ބުނަމުން ކަމަށެވެ.
އަދި މީގެއިތުރުން، މިވަރުން ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ވެރިނާއި ވަޒީރުންގެ ޒިންމާދާރުކަން މިއަށްވުރެން ބޮޑުވާން ޖެހޭކަން ވަނީ ފާހަގަ ކޮށްފައެވެ.
ބޯހިޔާވެހިކަމުގެ މައްސަލަތަކަކީ މާލޭގައި ދިރިއުޅޭ އެތައް ރައްޔިތެއްގެ ޝަކުވާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް