އެހެން ބަޔަކު ވެރިކަމަކަށް އަތުވެއްޖެނަމަ އަނެއްކާވެސް އެއްތަނަކަށް މީހުން ޖަމާކުރާނެ: ރައީސް

ކުރިއަށް އޮތް ދައުރުގައި 'އެހެން ބަޔަކު' ވެރިކަމަކަށް އަތުވެއްޖެ ނަމަ އެއްތަނަކަށް މީހުން ޖަމާކުރާނެ ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވާހެން އާއިލާ ކައިރީގައި ރަށުގައި ދިރިއުޅެވޭނީ އަނެއްކާވެސް މި ސ...

19 Jul 2023 | 17:37

ކުރިއަށް އޮތް ދައުރުގައި 'އެހެން ބަޔަކު' ވެރިކަމަކަށް އަތުވެއްޖެ ނަމަ އެއްތަނަކަށް މީހުން ޖަމާކުރާނެ ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވާހެން އާއިލާ ކައިރީގައި ރަށުގައި ދިރިއުޅެވޭނީ އަނެއްކާވެސް މި ސަރުކާރު ވެރިކަމަށް ހޮވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޮޅަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މޮޅަދޫއަށްވެސް ތަރައްގީގެ މަޝްރޫއުތައް ބޭނުންވެފައިވާ ކަމަށެވެ. އަދި ރޭވުންތެރިކަމާއެކު ޕްލޭންކޮށްގެން އެކަންތައްތައް ކޮށް ނިންމެމުން ދާކަމަށެވެ.

އެގޮތުން ބަނދަރެއް ނެތުމުން މޮޅަދޫއަށް ކުރިމަތިވެފައިވާ ލަފާ ފުރުމުގެ ދަތިކަމާއި ރަށުން ލިބެން ހުރި ހިދުމަތްތައް މަދުވުމުން އެހެން ރަށްރަށަށް ދަތުރު ކުރަން ދަތިވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އާރްޓީއެލްގެ ހިދުމަތާއެކު ކައިރި ރަށްރަށަށް ދިއުމުގެ ހަރަދު ކުޑަކޮށްދެވިއްޖެ ކަމަށާއި ބަނދަރު ހެދުމާއެކު މުދާ ގެންދިއުމަށްޓަކަ އޮތް އުނދަގޫ ފިލައިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މޮޅަދޫގެ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށްދާއިރު ކަރަންޓުގެ މަސައްކަތް ނިމިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން މޮޅަދޫ ސްކޫލަށް އިތުރު ކުލާސްރޫމާއި، ކުނި މެނޭޖް ކުރުމުގެ ހިދުމަތް ގާއިމު ކުރުމާއި ހެލްތް ސެންޓަރުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަނދަރު ހެދުމާއެކު ރަށް ގިރުން އިތުރުވެފައި ވާތީ، މޮޅަދޫ ބަނދަރަށް އިތުރު ކުރާ ބަޔާއެކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި ކޮށްދޭނެ ކަމަށާއި އެރަށު ޔޫތް ސެންޓަރުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް