ހދ. ހަނިމާދޫގައި ޑްރައިވިން ޓްރެކެއް އެޅުމުގެ މަސައްކަތް އަމިއްލަ ބަޔަކާއި ހަވާލުކޮށްފިއެވެ.
ޑްރައިވިން ޓްރެކްގެ މި މަސައްކަތަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެގޮތުން ހަނިމާދޫގެ ކައުންސިލް އޮފިޝަލަކު ވިދާޅުވީ މިއީ އެ ކައުންސިލާއި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިނެޓް ޕްލަސް ފްރައިވެޓް ލިމިޑެޓާއެވެ.
މީގެ އިތުރަށް އެ އޮފިޝަލް ވިދާޅުވީ އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަވާ މި ޕްރޮޖެކްޓުގެ މަސައްކަތް އެކީ ނިންމާލުމަށް އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 25 ދުވަސް ކަމަށެވެ.
ހަނިމާދޫގައި މި ވަގުތު ދޫކުރަނީ ސައިކަލް ސައިސަންސް އެކަނިކަން ފާހަގަ ކުރައްވަމުން އޮފިޝަލް ވިދާޅުވީ އަލަށް އަޅައި މި ޓްރެކުގެ މަސައްކަތް މި އަހަރުގެސެޕްޓެމްބަރު ހިސާބުގައި ނިމޭނެ ކަމަށާއި އޭރުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ރަށުން ދޫކުރަން ފެށޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް