ޔޮޓުފަހަރު ކައިރިކުރެވޭނެހެން އުލިގަމު ބަނދަރު ހަދަނީ

ޔޮޓުފަހަރު ކައިރިކުރެވޭހެން ހއ. އުލިގަމު ބަނދަރު ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ހއ އަތޮޅަށް ކުރައްވ...

19 Jul 2023 | 16:48

ޔޮޓުފަހަރު ކައިރިކުރެވޭހެން ހއ. އުލިގަމު ބަނދަރު ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އުލިގަމު ބަނދަރުގެ މަސައްކަތް މިހާރު ވާނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށެވެ. އަދި އުލިގަމަކީ މާލެ ފިޔަވައި ޔޮޓްފަހަރު އެންމެ ގިނައިން ދާަ ރަށް ކަމަށްވާތީ، ބަނދަރު ބޮޑުކުރެވިގެން ދާއިރު ޔޮޓްފަހަރު ކައިރި ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.

އުލިގަމު ޓޫރިޒަމަށް ފައްކާކުރުމުގެ ވިސްނުމުގައި2008 ވަނަ އަހަރު އެރަށުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އޭރު އޭގެ ކުރިން ކުރަން ޖެހިފަ ހުރި ކަންތައްތައް ހުރީ ނުކޮށް ކަމަށެވެ.

އެގޮތުން ފެނާ ނަރުދަމާއާއި، ކަރަންޓު އަދި ބަނދަރަކީ އެއާއެކު ނޫނީ ޓޫރިޒަމަށް ފައްކާވެގެން ނުދާނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިއަދު އުލިގަން ވަނީ ލޯކަލް ޓޫރިޒަމަށް ފައްކާވެ ނިމިފަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެން އެރަށަށް ައިންވެސްޓްމެންޓް އަންނާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އުލިގަމުގެ ސިއްހީމަރުކަޒު ރަނގަޅުކޮށް، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެރަށުގައި ހައުސިންގް ޔުނިޓް އަޅާދެއްވާނެ ކަަމަށާއި ރަށުގެ މައި މަގު ތާރުއަޅައި، ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އުލިގަމުގެ ރައްޔިތުން އެދުނު ގިނަ ކަންތައްތަކެއް ކޮށްދެވިފަިއވާ ކަމުގެ އިހުސާސް ކުރެވޭކަމަށް ވިދާޅުވެ، ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި އުލިގަމުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި، ކުޑަކުދިންގެ ޕާކާއި ފެނަކައިގެ އޮފީހާއި އިންޖީނުގެ ގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އަދި ޒުވާނުންނަށް ފުޓްބޯޅަ ކުޅެވޭނެ ގޮތަށް ދަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސްކޫލަށް ބޭނުންވެފައިވާ އަށް ކްލާސްރޫމް އެޅުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ދާކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް