"ގާސިމް ކީއްވެ!" ޝިއާރުގެ ދަށުން މިރޭ ޕެނަލް މަޝްވަރާއެއް

"ގާސިމް ކީއްވެ!" ޝިއާރުގެ ދަށުން ޕެނަލް މަޝްވަރާއެއް ބޭއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތައްޔާރުވާން ފަށައިފިއެވެ. ޖޭޕީއިން ބުނީ، މިރޭ ބާއްވާ ޚާއްސަ ޕެނަލް ޑީސްކަޝަން އޮންނާނީ 21:00 ގައި ކުނޫޒްގައި ...

19 Jul 2023 | 14:16

"ގާސިމް ކީއްވެ!" ޝިއާރުގެ ދަށުން ޕެނަލް މަޝްވަރާއެއް ބޭއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތައްޔާރުވާން ފަށައިފިއެވެ.

ޖޭޕީއިން ބުނީ، މިރޭ ބާއްވާ ޚާއްސަ ޕެނަލް ޑީސްކަޝަން އޮންނާނީ 21:00 ގައި ކުނޫޒްގައި ކަމަށެވެ.

މި ޑިސްކަޝަން މޮޑަރޭޓް ކުރައްވާނީ ޖޭޕީގެ ކައުންސިލް މެމްބަރ އިމާދު ލަތީފެވެ. ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ  އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަޙްމަދު ސައުދު، ލީޑަރގެ ސްޕެޝަލް އެޑްވައިޒަރ ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު، .ލީޑަރގެ ތަރުޖަމާން ޢަބްދުﷲ އަމީން އަދި އަންހެނުންގެ ލީގްގެ ރައީސް ހިންނާ ޚާލިދެވެ.

https://twitter.com/JPSecretariat/status/1681660943200137216

ޖޭޕީގެ ފަރާތުން މިއަދު ވަނީ އިދިކޮޅު ޕާޓީތަކާއެކުވެސް ކުނޫޒުގައި ބައްދަލުވުމެއް ބާއްވާފައެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް އިން ވަނީ އެއްބަސްވުމަކަށް އަހިސްފައެވެ.

ނަމަވެސް އެއް ކެނޑިޑޭޓަކު ނެރުމަށް އެންމެނަށް އެއްބަސް ނުވެނޭ ނަމަ އިންތިހާބަށް ނުކުންނާނީ ވަކިން ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް