ރައީސް ޞާލިހު އުލިގަމުގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސްއިމާރާތް ހުޅުއްވައިދެއްވައިފިއެވެ....

19 Jul 2023 | 13:50

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސްއިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އާ އިންޖީނުގެއަކީ ޖާގަތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައ އިމާރާތްކޮށްފައިވާ އެރަށުގެ އާ އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް