ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިއީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ފުލުހުން ރިޕޯޓު ކޮށްފައި އެބައޮތް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެ ޕަސެންޓޭޖް އެއަށްވުރެ ދަށް ކުރާނެ ކަމަށް ރައީދސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރާކުނު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ އެ އަޒުމުގައި ކަމަށެވެ.
ތުރާކުނުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ތުރާކުނުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާފައި ވަނީ އަމިއްލަ ފަރާތްތަކުގެ އެހީގައި ކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން ތުރާކުނަށް މާބޮޑަކަށް އަޅައެއް ނުލާ ކަމަށެވެ.
މި ސަރުކާރުން ތުރާކުނުގެ ދަނޑު ހަދައިދީފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި، އެ ދަނޑުގައި ރޭގަނޑުވެސް ކުޅެވޭހެން ހައްދަވައި ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން، ތުރާކުނު ކައިރީގައިވާ ވަންގާރު، ތުރާކުނު އިހުތިސާސަށް ލުމަށް ރައްޔިތުންނާއި ކައުންސިލުންވެސް އެދޭތީ، ޓޫރިޒަމް ތަރައްގީކުރަން ލިސްޓު ކޮށްފައި އޮތް ރަށެއް.ވަންގާރު، ތުރާކުރު އިހުތިޞާސަށް ލައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ބަނދަރުގެ މައްސަލަ، ކުރިއަށްއޮތް ތަނުގައި ހައްލުކޮށްދިނުމަށްޓަކައި ބަނދަރު ބޮޑުކޮށްދީ، އަރައިިފޭބުމަށް ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ތުރާކުނުގައިވެސް ބިމުގެ ދަތިކަން ކުރިމަތި ވާތީ، ބިން ހިއްކުން ވާނީ ކޮންޓްރެކްޓްކޮށް އެމްޓީސީސީއާ ހަވާލުު ކޮށްފައި ކަމަށާއި ޕްލޭނާ އެއްގޮތަށް ބިން ހިއްކުމް އެމްޓީސީސީން ލަސް ނުވެ ފަށާނެ ކަަމށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް