ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން ކޮމަން ކެނޑިޑޭޓެއް ނެރެން އެއްބަސްވެފައިވާއިރު ޕާޓީތަކުން އެއްބަސްވާ ކޮމަން ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ހަމަޖައްސައިދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން އެދިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ޕީޕީއެމްއިން ދެންމެ ބުނެފައިވަނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތް ކަމަށެވެ.
"އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު ދަންނަވަން" ޕީޕީއެމްއިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި ނިންމާފައިވަނީ 2022 ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ އިއްތިފާޤުން ކަމަށެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވާއިރު ގާސިމާއި ރައީސް ނަޝީދާއި ކާނަލް ނާޒިމް މިއަދު ބައްދަލުކުރެއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ތިން ޕާޓީންވެސް އެއްބަސްވީ ކޮމަން ކެނޑިޑޭޓަކު ނެރެވޭނެ ފޯމިއުލާއަކާއިމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އަދި ޕީޕީއެމް އަދި އެމްއާރްއެމްއާއެކު އެ މަޝްވަރާ އިތުރަށް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް