ރައީސް ޞާލިހު ތުރާކުނުގައި ފުޓުބޯޅަދަނޑު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވައިފިއެވެ. އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ފެއްޓެވ...

19 Jul 2023 | 09:23

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވައިފިއެވެ.

އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރީގައެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިމަސައްކަތް ކޮށްފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓްލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސްހުޅުއްވައި ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް