ދެތިން އަހަރު ތެރޭގައި މި ރީޖަންގެ ހުރިހާ ކުޅިވަރެއްގައި ފައިހަމަކޮށްލެވޭނެ ޒުވާނުން ތައްޔާރުކޮށް ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަނުގެ އެޖެންޑާ އަދި އަމާޒަކީވެސް ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން އެކަނި ކަމަށެވެ.
ހޯރަފުށީގައި ފުޓްބޯޅަ ދަނޑެއް އަޅައި ޒުވާނުން އޭގެ އުފާ ހޯދަމުން ދާކަންފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިދައުރުގައި އެކި ކަންކޮޅުތަކުގައި41 ފުޓްބޯޅަ ދަނޑު އަޅައި، 70 ފުޓްސަލް ދަނޑު، 17 ވޮލީކޯޓް އަދި 54 އައުޓްޑޯ ޖިމް އެޅިއްޖެ ކަމަށާއި ދައުރު ނިމޭއިރު އެ އަދަތުތައް ދެކުގަނެ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.
މި ހަތަރު އަހަރު ތެރޭގަ ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލު ކުރި ޒުވާނުން މިހާތަނަށް 35 ގޯލްޑްމެޑަލް، 19 ސިލްވަރ އަދި 89 ބްރޯޒް މެޑަލް ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރު ހެދަކުރީ ހޯރަފުށީގެ ރައްޔިތުންގެ ތާއީދާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހޯރަފުއްޓަށް އަހިސްފައިވާ ތަރައްގީ އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"މިހާސިހާބަށް އާދެވުނު އިރު ހޯރަފުށި އަދި މިއޮތީ ކިރިޔާ ރައްޔިތުން ދިރިއުޅެން ކަމުދާ ވަރުގެ ރަށަކަށް ބަދަލުވެފަ" ރައީސް ވިދާޅުވިއެވެ.
އެގޮތުން ޖުމްހޫރީ ހަޔާތް ފެށިގެން އައިއިރު، 1950ގެ ތެރޭގައި ހޯރަފުށީގައި ހަމައެކަނި ކުރެވުނު ކަމަކީ މަގުތައް ތަރައްގީ ކުރުން ކަމަށާއި އޭގެފަހުން މި ވޭތުވެދިޔަ 70 އެތައް އަހަރެއްގެ ތެރޭގައި ހޯރަފުށި ތަރައްގީ ވެފައިވާކަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ
ނަމަވެސް މިދިޔަ ފަސް އަހަރު ތެރޭގަ ބޮޑު ލިސްޓެއްގެ ކަންކަން ހޯރަފުއްޓަށް ކޮށްދެއްވިއްޖެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ހޯރަފުށީގައި އެއާޕޯޓެއް އެޅިއްޖެ ކަމަށށާއި މިހާރު ހަތަރު ސަރަހައްދެއްގައި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރު މި ދައުރު ނިމުމުގެ ކުރިން ފަސް އެއާޕޯޓެއް ގެ ަމސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ދައުރުގައި، ހޯރަފުށީގެ ބާކީ ހުރި މަގުތައް ހަދައި، މުޅި ރަށް އެކީގައި ތާރުއަޅައި ނިންމަދޭނެ ކަމަށާއި ހޯރަފުށީގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ފްލެޓް ނުވަތަ ރޯހައުސް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް