ރަޖްނީކާންތުގެ މި ފޮޓޯއަށް ބޮޑު މަގުބޫލުކަމެއް

ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ތަރި ރަޖްނީކާންތު ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯއަކަށް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފިއެވެ. އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފަ...

19 Jul 2023 | 03:54

ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ތަރި ރަޖްނީކާންތު ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯއަކަށް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފިއެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ފޮޓޯއަކީ މީހަކު ޓްވިޓާއަށް ލާފައިވާ ފޮޓޯއެކެވެ.

ފޮޓޯއިން ފެންނަނީ ހުދު މާތަކެއް ޖެހި ކަޅު ސޯޓަކާއި ރަތް ޓީޝާޓެއް ލައިގެން އުނަގަނޑުގައި ދަބަހެއް އަޅުވާލައިގެން ހުސް ފަޔާ ރިސޯޓުގެ ގޮނޑުދޮށުގައި ރަޖްނީކާންތު ހިނގާލާފައިދާ މަންޒަރެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު މި ފޮޓޯއަށް ތައުރީފުކުރާ ފަރާތްތަކުން ބުނަނީ މި ފޮޓޯއިން ފެންނަނީ ރަޖްނީކާންތުގެ އާދައިގެ، ސާދާ މިޒާޖު ކަމަށެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ރަޖްނީކާންތު ރާއްޖެއައިސްފައިވަނީ މިދިހަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް