ކެމްޕޭނަށް ރައީސް ހއ އަށް ފުރާވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. އަތޮޅަށް ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުޅުގައި ހއ ގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 1...

19 Jul 2023 | 03:37

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުޅުގައި ހއ ގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 10 ރަށަކަށް ވަޑައިގަންނަވާނެކަމުގައި ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން މައުލޫމާތުދެއެވެ.

އެގޮތުން މިއަދު ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ އަދި އިހަވަންދުއަށް ވަޑައިގަންނަވާނެއެވެ. އަދި މާދަމާ މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ފާހަގަކޮށްލެވޭ ކަންކަން

  • ތުރާކުފުނު ފުޓްބޯޅަ ދަނޑު ހުޅުވުން
  • އުލިގަމު ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހްކޮށްދެއްވުން
  • އުލިގަމު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުން
  • މޮޅަދޫ ބަނދަރު ހުޅުއްވައިދެއްވުން
  • މޮޅަދޫ އިންޖީނުގެއާއި، ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުން
  • އިހަވަންދޫ ބަނދަރު ހުޅުއްވައިދެއްވުން
  • އިހަވަންދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުން
  • އިހަވަންދޫ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުން
  • އިހަވަންދޫ ސްކޫލުގެ އަލަށް އިމާރާތް ކުރެވުނު މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވުން
  • އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވުން
  • މާރަންދޫ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުން
  • ތަކަންދޫ ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވުން
  • ވަށަފަރު ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުން
  • ދިއްދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުން

މީގެ އިތުރުން ވަޑައިގަންނަވާ އިހަވަންދޫ އަދި ދިއްދޫގައި ކެމްޕޭނު ޖަލްސާ އަދި އެހެން ރަށްރަށުގައި ބަނދަރު ބައްދަލުވުން ކުރިއަށްދާނެކަމުގައިވެސް ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް