ބޯ ވާރެއާއެކު ހިނގަމުން އަންނަ ހާދިސާތަކުގައި ކޮލަމްބިއާއިން 12 މީހަކު މަރުވެއްޖެ

ބޯ ވާރެއާއެކު ބިންގަނޑު ކަނޑައިގެން ދިއުމާއި އުސް ސަރަހައްދުތަކުގެ ބިންގަނޑު ކެހިގެން ތިރިއަށް ފޭބުމުގެ ހާދިސާތަކުގައި ކޮލަމްބިއާއިން 12 މީހަކު މަރުވެއްޖެއެވެ. ކޮލަމްބިއާގެ ކަމާބެހޭ ފަރާތްތަކާއި ހަވާލ...

19 Jul 2023 | 02:36

ބޯ ވާރެއާއެކު ބިންގަނޑު ކަނޑައިގެން ދިއުމާއި އުސް ސަރަހައްދުތަކުގެ ބިންގަނޑު ކެހިގެން ތިރިއަށް ފޭބުމުގެ ހާދިސާތަކުގައި ކޮލަމްބިއާއިން 12 މީހަކު މަރުވެއްޖެއެވެ.

ކޮލަމްބިއާގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގެ މެދުތެރޭގެ ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގާ ހޯމައިން ފެށިގެން މިހާތަނަށް 12 މީހަކު މަރުވެ 20 މީހަކު ގެއްލިފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ދެކުއްޖަކު ހިމެނޭކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ޕަބްލިކް އިމަޖެންސީ އިއުލާނުކޮށްފައިވާއިރު މީހުން ސަލާމަތް ކުރުމާއި މީހުން ސަލާމަތުގެ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

ބިންގަނޑު ކަނޑައިގެން ދިއުމާއި ބިންގަނޑު ދެމިގެން އުސް ސަރަހައްދުތަކުން ތިރިއަށް އަންނަ އައުމުގައި މިހާތަނަށް އެތައް ގެއެއް ހަލާކުވެ އެތައް ބަޔަކު މަގުމަތިވެފައިވާކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮންމެ އަހަރެއްގައިވެސް ކޮލަމްބިއާއަށް ވިއްސާރަ މޫސުމުގައި މިފަދަ ހާދިސާތަކާއި ކުރިމަތިވެ ގިނަބައެއްގެ ފުރާނަ ގެއްލެއެވެ. މިދިޔަ އަހަރު އެކަނި ވިއްސާރަ މޫސުމުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކޮލަމްބިއާގައި ވިއްސާރަ މޫސުން އާންމުގޮތެއްގައި ޖޫން މަހުން ފެށިގެން ޑިސެމްބަރު މަހަށް ދެމިގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް