ޕެނެމާގެ އާއްމު އިންތިހާބަށް އަހަރަކަށްވެފައިވަނިކޮށް އެ ގައުމުގެ ކުރީގެ ރައީސް ރިކާޑޯ މާޓިނެލީ ޖަލަށް ލައިފިއެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ރިކާޑޯ ޖަލަށް ލާފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ޖަލު ހުކުމާއެކު 19 މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއްވެސް ކޮށްފައިވެއެވެ.
އުމުރުން 71 އަހަރުގެ މާޓިނެލީއަށް މި ހުކުމް އިއްވާފައިވަނީ ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އެ ފައިސާ ލޯންޑަރކޮށް މީޑިއާ ކުންފުންޏެއް ގަތް މައްސަލައިގައެވެ.
އެގޮތުން ކުންފުނިތަކަކަށް މާ ބޮޑު އަގުގައި ޕްރޮޖެކްޓްތަކެއް ދީ އެ ފައިސާ މެދުވެރިކޮށް މީޑިއާ ކުންފުންޏެއް ގަތްކަމުގެ މައްސަލަ މާޓިނެލީގެ މައްޗަށް މިވަނީ ސާބިތުވެފައެވެ.
މާޓިނެލީ 10 އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާއިރު ކުރިއަށް އޮތް އާއްމު އިންތިހާބުގައި ވާދަކުރައްވާނެކަން މާޓިނެލީ ވަނީ އިއުލާނުކުރައްވާފައެވެ. ޕެނަމާގައި އާންމު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް