ޑި ލިޓް ބަޔާނަށް ސޮއިކޮށްފި

ޔުވެންޓަސްއަށް ކުޅެމުން އައި ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ. އުމުރުން 22 އަހަރުގެ ޑިފެންޑަރ ބަޔާނަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއ...

19 Jul 2022 | 16:38

ޔުވެންޓަސްއަށް ކުޅެމުން އައި ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ޑިފެންޑަރ ބަޔާނަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެން ކަމުން 2027 ވަނަ އަހަރާއި ހަމައަށް ޑި ލިޓް ބަޔާނުގައި މަޑުކުރާނެއެއެވެ.

ބަޔާނަށް ސޮއިކުރުމަށް ފަހު ޑި ލިޓް މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ ބަޔާން ކަހަލަ ޔޫރަޕުގެ ވަރުގަދަ ކުލަބަކުން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި ބަޔާނަކީ ޖަރުމަނުގެ އިތުރުން ޔޫރަޕާއި މުޅި ދުނިޔޭގައިވެސް އޮތް އެންމެ ކާމިޔާބު އެއްކުލަބު ކަމަށެވެ.

ޑި ލިޓް އިތުރަށް ބުނީ ބަޔާންއިން އޭނާ ބަލައިގަނެ، އެ ކުލަބަށް ގެނައުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކުރާ ކުރާކަމަށާއި ބަޔާނަށް ކާމިޔާބީ ހޯދައި ދިނުމުގައި ކުރެވެން އޮތް ހުރިހާ ގޮތަކުން މަސައްކަތް ކުރާނެ ކަމަށެވެ.

" ބަޔާން ކަހަލަ ޔޫރަޕުގެ ބޮޑު ކުލަބަކުން ފުރުސަތު ލިބުމުން އުފާކުރަން. ބަޔާނަކީ ޖަރުމަންގެ އިތުރުން ޔޫރަޕާއި މުޅި ދުނިޔޭގައިވެސް ކުލަބު ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބު. އަހަރެން ބަލައިގަނެ މި ކުލަބުން ފުރުސަތު ދިނީތީ ބަޔާންގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ޑި ލިޓް ބުންޏެވެ.

ޑި ލިޓް އިޓަލީގެ ޔުވެންޓަސްގައި ތިން ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ. އަދި މީގެ އިތުރުން ޑި ލައިޓް ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ވެސް ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް