ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން އާއި ޝައިޚް ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފި

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފިއެވެ. އެ ދެ ޝައިޚުން ހައްޔަރުކޮށް...

19 Jul 2022 | 10:28

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފިއެވެ.

އެ ދެ ޝައިޚުން ހައްޔަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ ބިރުވެރިކަން އުފެއްދި މައްސަލައިގައެވެ.

ޝައިޚް ނިޝާން އާއި ޝައިޚް ފަޒްލޫން ހައްޔަރުކުރުމަށްފަހު ފުރަތަމަފަހަރު ހަތް ދުވަހަށް ބަންދުކޮށްފައިވާއިރު، އެކިފަހަރު މަތިން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެ ދެ ޝޭޚުންގެ ބަންދުގެ މުއްދަތު މިއަދު އިތުރުކުރި އިރު، އެ ދެ ޝައިޚުންގެ ފަރާތުން ވަނީ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު ހަތް މީހަކު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް