މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް: އުޝާމް

މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި އެހެންކަމުން މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށް އެމްއެންޕީގެ ނ...

19 Jul 2022 | 08:33

މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި އެހެންކަމުން މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވާލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް، އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އަދި މަޝްވަރާކުރުމެއް ވެސް ނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގާނޫނު ތަސްދީގުކޮށްފައި ވާތީ، އެކަމަށް ޢިޝާރާތް ކުރައްވައެވެ.

އުޝާމް ވިދާޅުވި އެ ގާނޫނު އިސްލާހުކުރުމަށް ނޫސްވެެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމަށެވެ.

https://twitter.com/a_usham/status/1549064651308429312

ހެއްކާބެހޭ ގާނޫނަކީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް