ނިހާ އާއިލާއާއެކު ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ނިހާ ދޫޕިއާއާއި އޭނާގެ ކުޑަކުޑަ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. ނިހާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭދީ އާއި އެ ދެމަފިރިންގެ ދެ ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމ...

19 Jul 2022 | 08:15

ބޮލީވުޑް ބަތޮލާ ނިހާ ދޫޕިއާއާއި އޭނާގެ ކުޑަކުޑަ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ނިހާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭދީ އާއި އެ ދެމަފިރިންގެ ދެ ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ނޮކު މޯލްޑިވްސް ރިސޯޓުގައެވެ. ނިހާމެން ރާއްޖެ އައީ މީގެ ދެ ދުވަސް ކުރިންނެވެ.

ނިހާ އާއި އޭނާގެ ކުޑަކުޑަ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފާއިން އޭނާގެ ފިރިމީހާ، މަސްހޫރު ބަތޮލު ވިކީ ކޯޝަލް އާއި އެ ދެމަފިރިންގެ ރަހުމަތްތެރިންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ރާއްޖެއަކީ ބޮލީވުޑް ތަރިންގެ މެދުގައި މަގްބޫލު މަންޒިލަކަށްވެފައިވާއިރު މި ފަހުން ތަރިންގެ މެދުގައި ދުބާއީ މަޝްހުރު ކޮށް ރާއްޖޭގެ އަގުވައްޓާލަން އިންޑިއާގެ ބައެއް މީޑިއާތަކުން މަސައްކަތްކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް