ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ހދ. ކުޅުދުއްފުށި ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފް އިން ބުނީ އެއީ "ފްލައިންގ ފިޝް 12" ނަމަކ...

19 Jul 2022 | 07:35

ހދ. ކުޅުދުއްފުށި ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެއީ "ފްލައިންގ ފިޝް 12" ނަމަކަށް ކިޔާ ލޯންޗެއް ކަމަށާއި އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:03 ހާއިރު ކަމަށެވެ.

މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ލޯންޗު އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ލޯންޗުން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ 24 ފޫޓުގެ ލޯންޗެއް ކަމަށާއި އެ ލޯންޗު ދަތުރުކުރީ 17 މީހުންނާއެކު ބ. ގޮއިދޫން ފުރައިގެން ކުޅުދުއްފުއްޓަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް