އުރީދޫގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން: ފަސޭހަ މިނީ ޑިވައިސްއެއް ހިލޭ ލިބޭއިރު، 240ޖީބީ އާހަމައަށް ބޯނަސް ޑާޓާ ލިބޭ

އުރީދޫ މޯލްޑިވްސް އިން ބެކް ޓު ސްކޫލް" އޮފަރ އެއް މިއަދު އިއުލާން ކޮށްފިއެވެ. މިއީ އެ ކުންފުންޏާއި ޕްރޯލެޕް ޕާރޓްނަރވެ ސްކޫލް ކުދިންނަށް ޚާއްޞަ ކޮށްގެން ފެށި ޕްރޮމޯޝަނެކެވެ. އުރީދޫ އިން ބުނީ "ބެކް ޓު ...

19 Jul 2022 | 07:06

އުރީދޫ މޯލްޑިވްސް އިން ބެކް ޓު ސްކޫލް" އޮފަރ އެއް މިއަދު އިއުލާން ކޮށްފިއެވެ.

މިއީ އެ ކުންފުންޏާއި ޕްރޯލެޕް ޕާރޓްނަރވެ ސްކޫލް ކުދިންނަށް ޚާއްޞަ ކޮށްގެން ފެށި ޕްރޮމޯޝަނެކެވެ.

އުރީދޫ އިން ބުނީ "ބެކް ޓު ސްކޫލް" އޮފަރގެ ދަށުން ޕްރޯލެޕުން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހިލޭ ލިބިވަޑައިގަންނަވާ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ޕްރޯލެޕް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއް މި އޮފަރގައި ހިމެނިފައިވާ ކަަމަށާއި އެޗްޕީ އަދި އޭސަސް ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އެ ކުންފުނިން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށާއި މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަރނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި ކަމަށެވެ.

"އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަރނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕްރޯލެޕް އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތަޢުލީމީ އަހަރަކަށް އެދެން." ނިޔާޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް