14 އަހަރަށް ވުރެ ދިގު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ގާޟީ ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވައިފި

14 އަހަރަށް ވުރެ ދިގު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ސިވިލް ކޯޓުގެ ގާޟީ ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިން ބުނީ އޭނާ އިސްތިއުފާ ދެއްވީ މި ޖުލަ...

19 Jul 2022 | 05:47

14 އަހަރަށް ވުރެ ދިގު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ސިވިލް ކޯޓުގެ ގާޟީ ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިން ބުނީ އޭނާ އިސްތިއުފާ ދެއްވީ މި ޖުލައި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ފ. ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައާއި ހދ. އަދި ދ. ޖުޑީޝަލް ދާއިރާ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ވަނީ ޒުބައިރު މަސައްކަތް ކުރައްވާފައެވެ. އަދި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް