މޮރޮކޯއިން ރާއްޖޭގައި އޮނަނަރީ ކޮންސިއުލޭޓެއް ފުރަތަމަ ފަހަރަށް ހުޅުވައިފި

މޮރޮކޯއިން ރާއްޖޭގައި އޮނަނަރީ ކޮންސިއުލޭޓެއް ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. ހެންވޭރު އަމީރު އަޙްމަދު މަގުގައި ހުންނަ އޭ.ޑީ.ކޭ ޓަވަރުގައި ހުންނަ މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ހުޅުވުމުގެގޮތުން އެ އ...

19 Jul 2022 | 05:27

މޮރޮކޯއިން ރާއްޖޭގައި އޮނަނަރީ ކޮންސިއުލޭޓެއް ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

ހެންވޭރު އަމީރު އަޙްމަދު މަގުގައި ހުންނަ އޭ.ޑީ.ކޭ ޓަވަރުގައި ހުންނަ މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ހުޅުވުމުގެގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަޠީފެވެ.

އޭނާގެ އަރިހުގައި މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު މާލިކީއާއި މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސުލް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިވެހިންނަށް 90 ދުވަހުގެ އޮން-އަރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެ ޤައުމުން ހަމަޖައްސާ، މިކަމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް