އިތުރު 140 މީހުން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވް

ރާއްޖެއިން އިތުރު 140 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ 74 މީހުންކަމަށެވެ. އަދި މާލެއިން 59 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓި...

19 Jul 2021 | 17:16

ރާއްޖެއިން އިތުރު 140 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ 74 މީހުންކަމަށެވެ. އަދި މާލެއިން 59 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ ހަތް މީހުން ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 8،553 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،470 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،321 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 216 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،019 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް