އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްތަކުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. އައްޑޫގައި ދެ ވަނަ ފަހަރު ކޯވިދް ފެތުރެން ފެށުމުން ސިޓީގެ ހުރިހާ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ އެއް ވަ...

19 Jul 2021 | 11:38

އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްތަކުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

އައްޑޫގައި ދެ ވަނަ ފަހަރު ކޯވިދް ފެތުރެން ފެށުމުން ސިޓީގެ ހުރިހާ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ތެރެއިން ބަލީގެ ހާލަތު ރަނގަޅުވާން ފެށުމުން ވަކިން އޮންނަ ހުޅުމީދޫގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައި އެވެ.

މިއަދު މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އެ ސިޓީގައި މިވަގުތު ކޯވިޑް ޖެހިފައި70 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ދެ މީހުންނަކީ އިއްޔެ އަލަށް ޕޮސިޓިވްވި މީހުންނެވެ.

މިހާރު ކޮވިޑް ޖެހިފައި މީހުން ތިބީ ތިން ރަށެއްގައި އެވެ. އެއީ ހިތަދޫގައި37 މީހުން، މަރަދޫގައި29 އަދި މަރަދޫފޭދޫގައި ހަތަރު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް