ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކަރަންޓުގެ މަސައްކަތް ނިންމައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ކޮށްފައިވަނީ ޗައިނ...

19 Jul 2021 | 11:23

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކަރަންޓުގެ މަސައްކަތް ނިންމައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސީއެމްއީސީ ކުންފުނިންނެވެ.

އެޗްޑީސީން ބުނީ މިހާރު ކުރަމުންދަނީ ކޮންމެ ޓަވަރެއްގެ ސަބްސްޓޭޝަނަށް ފައިނަލް ކަނެކްޝަން ދިނުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތް މިއަދު ފަށާފައިވާއިރު އަންނަ މަހުގެ19 އަށް ނިމޭނެ ކަމަށް ބުނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ސީއެމްސީން ކޮށްފައި ވަނީ ސްޓެލްކޯގެ އެހީތެރިކަމާ އެކު އެވެ. ސްޓެލްކޯއާ ހަވާލު ކުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ވަނީ މި މަހު 12 ގައި ނިންމާލައިފަ އެވެ.

ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައި ނިމުނު އިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި ކޮމިއުނިކޭޝަން ނެޓްވޯކްތައްވެސް އަޅާ ވަނީ ނިމިފަ އެވެ.

ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރަން މިމަހުގެ 14 ވަނަ ދުވަހު އެޗްޑީސީން ވަނީ ފަށާފައި އެވެ. އެ މަސައްކަތް އެއްކޮށް ނިންމަން ކަނދައަޅާފައިވަނީ އަންނަ މަހުގެ14 ވަަނަ ދުވަހު އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް