ޣައްސާން ވިދާޅުވަނީ ގައުމު ސަލާމަތް ކުރެވޭނީ ޔާމީނަށް ކަމަށް

ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ޣައްސާން މިހެން ވިދާޅުވީ ގައުމު އޮތް ހާލަތަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ...

19 Jul 2021 | 09:25

ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ގައުމު އޮތް ހާލަތަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/mgmaumoon/status/1416813147000692740

ޣައްސާން ވިދާޅުވީ ގްރޭޓާ މާލެ އަދި މުޅި ރާއްޖޭގެ ތަރައްޤީ އަށް ރައީސް ޔާމީން ރާއްވަވާފައި ހުރީ ވަށާޖެހޭ ރައްޔިތުންނަށް ފައިދާ ކުރާ މަޝްރޫއުތައް ކަމަށެވެ. އަދި އެ މަޝްރޫއު ތަކުން ދައުލަތުގެ ރައުސުލްމާލު އިތުރުވެ ދިވެހި ގައުމު ފުރިހަމަ މިނިވަންކަމާއިއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އަމާޒު ހިފޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ދެން ވެސް ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް. #ރައީސް ޔާމީން 2023 އިންޝާ ﷲ" ޣައްސާން އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް