ސަނަމް ޕޫރީ ބިޓެއް ނެގީތަ؟

ސަނަމް ޕޫރީ އަކީ ސަނަމް ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އެވެ. ޖޫން 30، 1992 ވަނަ އަހަރު އުފަންވި ސަނަމް އަކީ އުމުރުން 6 އަހަރުންސުރެ ލަވަ ކިޔަމުން އަންނަ މީހެކެވެ. އަދި ޅަ އުމުރުގައި އޭނާ ވަނީ ޕިއާނޯއާ...

19 Jul 2021 | 07:34

ސަނަމް ޕޫރީ އަކީ ސަނަމް ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އެވެ.

ޖޫން 30، 1992 ވަނަ އަހަރު އުފަންވި ސަނަމް އަކީ އުމުރުން 6 އަހަރުންސުރެ ލަވަ ކިޔަމުން އަންނަ މީހެކެވެ. އަދި ޅަ އުމުރުގައި އޭނާ ވަނީ ޕިއާނޯއާއި ގިޓާ ކުޅެން ދަސްކޮށްފައެވެ. މިއުޒިކީ ދާއިރާއިން ކުރިއަށް ދިއުމުގެ ކުރިން އޭނާ ވަނީ ދިއްލީގެ ކިރޯރޯ މާލް ކޮލެޖުން ތައުލީމު ހާސިލްކޮށްފައެވެ.

ރާއްޖޭގެ ގިން ޒުވާން އަންހެން ކުދިންގެ ވެސް ހިތުގައި ރަސްކަން ކޮށްލި ސަނަމް މިހާރު އުޅެނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ރައްޓެހިވެގެން އުޅެނީ 2016 ވަނަ އަހަރުގެ މިސް ނޭޕާލް އަސްމީ ޝްރެސްތާ އާއެވެ. އަސްމީ ޝްރެސްތާ އަކީ ނޭޕާލްގެ ކަތްމަންޑުއަށް ނިސްބަތްވާ އަންހެކެވެ. އޭނާ ސަނަމް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ކިހާ ދުވަހެއް ކަމެއް އެއްވެސް މީޑިއާ އަކުން ކަށަވަރެއް ނުކޮށްދެއެވެ.

ސަނަމް އާއި އަސްމީގެ ލޯބި ފޮތޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. ސަނަމް ބިޓެއް ނެގުމާއި އެކު ގިނަ އަންހެން ކުދިންތަކެއް ވަނީ ހިތުގައި ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް