ފުވައްމުލަކު ހޮސްޕިޓަލުގައި ކޯވިޑް-19ށް ޓެސްޓު ކުރެވޭ ޕީސީއާރް މެޝިނެއް ބަހައްޓައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޯވިޑް-19 ރޯގާ ޖެހިފައިވޭތޯ ޓެސްޓް ހެދުމުގެ ކެޕޭސިޓީ އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި އިތުރުކުރުމަށް އަލަށް ބެހެއްޓި ޕޮއިންޓް އޮފް ކެއަރ – ރިއަލްޓައިމް ޕީ.ސީ.އާރް މެޝިން އިންސްޓޯލްކޮށް އެ މެޝިނުގެ ވެލިޑޭޝަން ހަދައި، ބޭނުން ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
މި މެޝިން ބޭނުންކޮށްގެން ދުވާލަކަށް 80 މީހުންގެ ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ފުވައްމުލަކުން މިހާތަނަށް ކޯވިޑް-19ށް ޓެސްޓްކުރަމުން އައިސްފައިވަނީ ޖީން އެކްސްޕާޓް މެޝިނަކުންނެވެ. ނަމަވެސް އެ މެޝިނުން ޓެސްޓް ހެދެނީ ފަހަރަކު 4 ސާމްޕަލް ކަމަށްވާއިރު، އެ މެޝިނުން ޓެސްޓްތައް ހަދަނީ ވަރަށް އަވަހަށް ނަތީޖާ ބޭނުންވާ ހާލަތްތަކުގައި އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް