މާރުކޭޓް އިމާރާތުގައި ނުގަވާއިދުން ހިންގާ ތަންތަން ހުސް ކުރަން އަންގައިފި

މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީ ފްލޯތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން އަންގައިފި އެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، މަސް މާރުކޭޓުގެ މަތީ ފ...

19 Jul 2021 | 06:55

މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީ ފްލޯތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މަސް މާރުކޭޓުގެ މަތީ ފަންގިފިލާ ފިހާރަ ހިންގުމާއި، މީހުން ނިދުމަށް އަދި މުދާ ބެހެއްޓުމަށް ބޭނުންކުރަމުން އަންނަ ކަމަށާއި، މި ފަރާތްތައް ދެނެގަތުމަށް ސިޓީ ކައުންސިލުން ކުރި އިއުލާނަށް ދިން މުއްދަތުގެ ތެރޭގައި އިޖާބަ ދީފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، އެތަނުގައި ހިންގަމުން އަންނަ "ލިސްޓޯ" ނަމަކަށް ކިޔާ ފިހާރަ ފިޔަވާ އެހެން ހުރިހާ ތަނަކުން މުދާ ހުސްކުރުމަށް އަންގާ ކަމަށެވެ. އެތަނުގައި މުދަލާ އެކި ބޭނުންތަކަށް ތަކެތި ބަހައްޓަމުން އަންނަ ފަރާތްތަކަށް މުދާ ހުސްކުރުމަށް ދީފައިވަނީ މިމަހުގެ 28 އާ ހަމައަށެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށާއި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެސް ނުނަގާނެ ކަމަށެވެ.

މާރުކޭޓް އިމާރާތުގެ ހިދުމަތަށް ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ނިންމާފައިވާއިރު އަމާޒަކީ ޒަމާނީ އާ މާރުކޭޓުތަކެއް ތަރައްގީ ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް