"އަންޑަޓޭކާ" މިހާރު ވީތަނެއް އެނގޭތަ؟

ޑަބްލިއުޑަބްލިއުއީ ބެލި ކޮންމެ މީހަކަށްވެސް މާކް ވިލިއަމް ކެލަވޭ (އަންޑަޓޭކާ) އަކީ ކާކު ކަން އެނގޭނެއެވެ. 2020 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރެސްލިން ކުޅުން ހުއްޓާލާ ވަނީ ރިޓަޔާ ވެފައެވެ. އަންޑަޓޭކާ އޭ...

19 Jul 2021 | 06:37

ޑަބްލިއުޑަބްލިއުއީ ބެލި ކޮންމެ މީހަކަށްވެސް މާކް ވިލިއަމް ކެލަވޭ (އަންޑަޓޭކާ) އަކީ ކާކު ކަން އެނގޭނެއެވެ. 2020 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރެސްލިން ކުޅުން ހުއްޓާލާ ވަނީ ރިޓަޔާ ވެފައެވެ.

އަންޑަޓޭކާ އޭނާގެ ރެސްލިން ކެރިއާ ފަށާފައިވަނީ 1987 ވަނަ އަހަރުއެވެ. އޭނާ ވަނީ 1987 ވަނަ އަހަރާއި 1990 ވަނަ އަހަރާއި ދެމެދު ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. ޑަބްލިއުޑަބްލިއުއެފް އަށް 1990 ވަނަ އަހަރު އޭނާ ގުޅުނު އިރު އޭނާ އަކީ މީހުންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވާ މީހެކެވެ.

އަންޑަޓޭކާ ރެސްލިން ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ ވަނީ އެންމެ ފަހުގެ ތެޅުން "އަންޑަޓޭކާ: ދަ ލާސްޓް ރައިޑް" ކިޔާ ޑޮކިއުމެންޓްރީ އެއްގައި ހިމަނާފައެވެ.

ކިތަންމެ ބިރުވެރި ތީމަކަށް އޭނާ ކަންކަން އެރޭންޖުކޮށް ބިރުވެރި މޭކަޕެއް ކުރި ނަމަވެސް އެއީ ޖަވާހިރެއްފަދަ ހިތެއްގެ ވެރިއެކެވެ. އަންޑަޓޭކާ އަކީ ޒިއުސް ކޮމްޕްޓަން ކްލަވޭ ނަމަކަށް ކިޔާ ކުންފުންޏެއް ހަދާ ޖަނަވާރުން ސަލާމަތްކުރަން މަސައްކަތް ކުރި މީހެކެވެ. އޭނާ ވަނީ ބޮޑެތި ޖަނަވާރުތަކަށް ފުރާނަ ސަލާމަތްވާ ފަދަ ފަރުވާތަކެއް ފޯރުކޮށްދީފައެވެ.

އަންޑަޓޭކާ މިހާރު އަންނަނީ ރިއަލް އެސްޓޭޓުގައި މަސައްކަތްކުރަމުންނެވެ. އޭނާ ވަނީ ގިނަ ކުންފުނިތަކަށް އިންވެސްޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް