ކަރީނާ ކަޕޫރް ޚާނާއި، އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ކަރިޝްމާ ކަޕޫރަކީ އާންމުން ފާހަގަ ކުރާ ގޮތުން ނަމަ "ސިސްޓާ ގޯލްސް"އެވެ. ދެބެންގެ ގުޅުން ވަރަށްވެސް ވަރުގަދައެވެ. ދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށް، އެއް ގޮތަކަށް ހެދުން އަޅަނީ މަދެއްކޮށް ނޫނެވެ. ދެމީހުންނަކީ ބެސްޓް ފްރެންޑްސްއެވެ.
ދާދި ފަހުން ކަރީނާ (ބެބޯ) ވަނީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ކަރިޝްމާ (ލޯލޯ) އަކީ އޭނާގެ މައިބަދައިގެ ގޮތުގައި ސިފަކޮށްފައެވެ. ބެބޯ ބުނީ އޭނާގެ ދައްތަގެ ފަރާތުން ލިބެނީ ހިތްހަމަޖެހުން ކަމަށާއި، އާއިލާ އެންމެންގެވެސް ޕަރީ ކަމަށެވެ.
ދާދިފަހުން ކަރީނާ ވަނީ އޭނާ ނެރުނު ފޮތް "ޕްރެގްނެންސީ ބައިބަލް" ގެ ސަބަބުން ޚަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދައިފައެވެ. މިކަމާ ގުޅިގެން ކްރިސްޓިއަނުން ތަކެއް ވަނީ ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. ބޭބޯގެ މި ފޮތުގައި، އޭނާގެ ހަގު ދަރިފުޅު ޖެހްގެ ހިތްފުރިގެން އަރާފަދަ ފޮޓޯތަކެއް ހިމަނާފައިވެއެވެ.
މި ފޮޓޯތަކުން ފެންނަނީ ކުލަތަކުން ޖަރީކުރެވިފައިވާ ކުޑަ އެނދެއްގައި އޮތް ކުޑަ ކުޑަ ޖެހްގެ ނިތްކުރިއަށް ކަރީނާ ބޮސްދެނިކޮށެވެ. ކަރީނާ އާއި ސައިފް އަދި ދަރިފުޅުގެ ނަން ރަސްމީކޯށް އިއުލާނު ނުކުރެވެ. ނަމަވެސް ކަރީނާގެ ބައްޕަ ވަނީ އީޓީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި، އެ ކުއްޖާގެ ނަމަކީ ޖެހް ކަން ކަށަވަރުކޮށްދީފައެވެ. އަދި ނަން ފައިނަލް ކުރިތާ ހަފްތާއެއްވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް