އާމިރު ހާން އެންމެ ބިރުގަންނަނީ ކޮން ކަމަކާކަން އެނގޭތަ!؟

14 މާރިޗު 1965 ގައި އުފަންވި އިންޑިއާގެ ކާމިޔާބު ފިލްމީ ތަރި އާމިރު ހާން މި ވަނީ އޭނާ އެންމެ ބިރުގަންނަ ކަންތައް މީޑިއާއަށް ހިއްސާކޮށްފައެވެ. ފިލްމީ ދާއިރާގައި 30 އަހަރު ހޭދަކޮށްފައިވާ މުހައްމަދު އާމި...

19 Jul 2021 | 06:05

14 މާރިޗު 1965 ގައި އުފަންވި އިންޑިއާގެ ކާމިޔާބު ފިލްމީ ތަރި އާމިރު ހާން މި ވަނީ އޭނާ އެންމެ ބިރުގަންނަ ކަންތައް މީޑިއާއަށް ހިއްސާކޮށްފައެވެ.

ފިލްމީ ދާއިރާގައި 30 އަހަރު ހޭދަކޮށްފައިވާ މުހައްމަދު އާމިރު ހަސަން ހާން ބުނި ގޮތުގައި އޭނާ އެންމެ ބިރުގަންނަނީ އަދި ޖެހިލުން ވަނީ ވެސް އޭލާގެ ގާތް ލޯބިވާ މީހުންނަށް ކަމެއް ވެދާނެތީއެވެ. ހާއްސަކޮށް ދަރިންނާއި އަނބިމީހާ އަދި މަންމަ އަށް އަނިޔާއެއް ލިބިދާެތީ ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެތީ ވަރަށް ބިރުގަނެ ހާސްވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އިންޑިއާގެ ސިނަމާތަކުގައި އެންމެ ކާމިޔާބު އަދި ނުފޫޒުގަދަ އެއް ބަތޮލް އާމިރު ބުނީ ގާތް ލޯބިވާ މީހުންނަށް ނުރައްކަލެއް ވާކަށް ނޭދޭނެ ކަމަށެވެ. އަދި އެ ފަދަ މަންޒަރެއް ދެކެން ކެތް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ގޭގައި ނޫޅޭ ވަގުތު ނުވަތަ މަސައްކަތަުގައި ހޭދަކުރާ ވަގުތު ވެސް އެ މީހުންގެ ޚަބަރު ބަރާބަރަށް ބަލާ ކަމަށް އޭނާ ބުނެފައިވެއެވެ.

އާމިރު ހާންއަކީ މިޒާޖުގެ ގޮތުން ބޮލީވުޑް އެހެން ބަތޮލުންނާއި ތަފާތު މީހެކެވެ. އޭނާ ވަނީ މި އަހަރު މީސްމީޑިއާ ވެސް ދުރަށް ގޮސްފައެވެ. އާމިރު ހާން ސޯޝަލް މީޑިއާ ދޫކޮށްލިކަން އިއުލާން ކުރީ އޭނާގެ އުފަން ދުވަހާ ގުޅިގެން، މާރިޗު މަހުގެ މެދަކަ ހިސާބުގައެވެ.

ޒާތީ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ދެން ޕޯސްޓު ނުކުރި ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ވަކި މަޝްރޫއަކާ ގުޅިގެން އޭނާގެ ފޭނުންނާ މުއާމަލާތު ކުރަން ޖެހިއްޖެ ހިނދެއްގައި، އެ ކަން ކުރާނީ، އޭނާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ، އާމިރު ހާން ޕްރޮޑަކްޝަންސްގެ ސޯޝަލް މީޑިއާ ޕްރޮފައިލުން ކަމަށްވެސް އާމިރު ހާން ވަނީ ބުނެފައެވެ.

އާމިރު ހާންގެ ހުނަރު ދެން އެންމެ އަވަހަށް ފެންނާނީ "ލާލް ސިންހް ޗައްދާ" އިން ކަމަށް މައުލޫމާތު ލިބެއެވެ. މިއަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައި ވާ މި ފިލްމަކީ، 1994 ވަނަ އަހަރުގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ. މި ފިލްމުގެ ޝޫޓިންގްގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ އާމިރު ހާން ރަނގަޅު ވުމުން ކަމަށް ހަބަރު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް