ކޯވިޑް-19: އެއްވެސް ހައްޖާޖީއަކު ރޯގާއަށް އަދި ފައްސިވެފައި ނުވޭ

މި އަހަރު ހައްޖުގެ މާތް މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ އެއްވެސް ހައްޖާޖީއަކު ކޯވިޑް-19 ރޯގާއަށް ފައްސިވެފައި ނުވާ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. ނ...

19 Jul 2021 | 05:59

މި އަހަރު ހައްޖުގެ މާތް މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ އެއްވެސް ހައްޖާޖީއަކު ކޯވިޑް-19 ރޯގާއަށް ފައްސިވެފައި ނުވާ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާގެ އިސް ތަރުޖަމާން ޑރ. މުހައްމަދު ބުން އަލް-އަބްދު އަލް-އަލީ ވިދާޅުވީ ސުންކު ނަގައި މިހާތަނަށް ހެދި ތަހުލީލުތަކުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ އެއްވެސް މީހަކު ކޯވިޑް-19ށް ފައްސި ނުވާކަމަށެވެ. އަދި ހައްޖުގެ އަޅުކަން އެންމެ ރައްކާތެރިކޮށް ކުރޭވެނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އެ ގޮތުން، މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރި ކުރީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކޯވިޑް-19 ދިފާއު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން އެކަންޏެވެ، އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވެއެވެ.

މި ހުރިހާ ޝަރުތުތައް ފުރިހަމަވެ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ.

ކޯވިޑް-19ގެ ސަބަބުން ހައްޖުގެ އަޅުކަން ކުރެވޭ ފަރާތްތައް ސައުދީ ސަރުކާރުން މަދުކޮށްފައިވާ އިރު، އާންމު ހާލަތުގައި ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ސައުދީއަށް ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް