ލިބެން ޖެހޭ އާމްދަނީގެ 34 މިލިއަނުން އަދި ލިބުނީ 5 މިލިއަން: އައްޑޫސިޓީ ކައުންސިލް

ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރެވިފައިވާ އާމްދަނީ އަކީ 34 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 5 ވަރަކަށް މިލިއަން ރުފިޔާ ކަމަށް އައްޑޫސިޓީ ކައުންސިލުނ...

19 Jul 2021 | 05:26

ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރެވިފައިވާ އާމްދަނީ އަކީ 34 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 5 ވަރަކަށް މިލިއަން ރުފިޔާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، ބާކީ 6 މަސް ދުވަހުގެ ތެރޭގައި ނުލިބިވާ ފައިސާ ލިބޭނެ ކަމުގެ މާބޮޑެތި އުއްމީދުތަކެއް ނެތް ކަމަށެވެ.

އައްޑޫސިޓީ ކައުންސިލަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ އައްޑޫގެ ބިމު ކުލިން ކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ނިޒާރު ވިދާޅުވީ، ކައުންސިލާއި ހަވާލުވުމަށްފަހު އައު ކައުންސިލުން ބެލިއިރު ކައުންސިލް ހިންގުމުގައި ތަފާތު ގިނަ މައްސަލަތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެގޮތުން ސިޔާސީ ގޮތުން އައި ބަދަލުތަކާއި ކައުންސިލުގެ ބައެއް ލިއެކިއުންތައް ނެތުމާއި އެއްބަސްވުންތައް ބެލެހެއްޓިފައި ނެތް ކަން ފާހަގަ ކުރެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ބިމު ކުލީގެ 75 އިންސައްތަ ނުލިބޭއިރު މިވަގުތަށް މިއާމްދަނީ ހޯދުމަށް މަޖުބޫރު ކޮށްގެން އެކަން ގިނަ ފަރާތްތަކަށް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން މިކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް