ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 10 ޤައުމެއްގައި 14 ހަރަކާތެއް ކުރިއަށް ގެންދާ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.
ރާއްޖޭގެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، ކޯވިޑްގެ ހާލަތާއިއެކު ޓްރެވަލް އެޖެންޓުން ތަމްރީން ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ޠައްޔިބު ވިދާޅުވީ، އެމްއެމްޕީއާރުސީން ކުރިއާ ޚިލާފަށް މިހާރު އެހެން އެއަރލައިންތަކާއި، ޓްރެވަލް އެޖެންސީތަކާއި ގުޅިގެންވެސް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ.
ޠައްޔިބު ވިދާޅުވީ، އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި ވަކި ވަކި މާރކެޓްތަކަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ކުދި ކުދި ހަރަކާތްތަކާއި، ގްލޯބަލް ލެވަލްއެއްގައި ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މިހާރު ކުރިއަށްދާ ހަރަކާތްތަކުގެތެރޭގައި، ރަޝިއާ، ޗައިނާ، ކޮރެއާ އަދި ޗަޕާން މާކެޓަށް އަމާޒްކޮށްގެން އެޤައުމުގެ ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ހަރަކާތްތަކާއި، ޓްރެވަލް އެޖެންޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކާއި، ބްރެޒިލް މާރކެޓަށް އަމާޒްކޮށްގެން ކުރިއަށްދާ ފެމް ޓްރިޕެއް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް