ސިފައިންތަކެއް ރައީސަށް ސިޓީއެއް ފޮނުވި ވާހަކަ އެމްއެންޑީއެފްއިން ދޮގުކޮށްފި

ސިފައިންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑީއާގއި ފަތުރަމުންދާ ހަބަރު އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ. ސިފައިންތަކެއް ސޮއިކޮށް ރައީސަށް ...

19 Jul 2017 | 15:25

ސިފައިންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑީއާގއި ފަތުރަމުންދާ ހަބަރު އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ.

ސިފައިންތަކެއް ސޮއިކޮށް ރައީސަށް ފޮނުވި ކަމަށް ބުނާ ސިޓީ އަކީ ޝަރުޢީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ދޫކޮށްލުމަށް އެދި ފޮނުވި ސިޓީއެއް ކަމަށްވެ އެވެ.

އެމްއެންޑީއެފްއިން އާންމުކޮށްފައިވަ ވީޑިއޯ މެސެޖެއްގައި ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެފަދަ ސިޓީއެއް ސިފައިންތަކެއް ސޮއި ކޮށް ނުފޮނުވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަ ތަކެއްކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

https://www.youtube.com/watch?v=_BpoabHiEGQ&feature=youtu.be

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިވެހި ސިފައިން އަބަދުވެސް ތިބޭނީ އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާޢުގައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް