ސަލަފުގެ ހިޖުރަ ކޭމްޕު މިއަހަރު ށ.އަތޮޅުގައި

ހިޖުރަ ކޭމްޕުގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދަތުރު، މިއަހަރު ށ.އަތޮޅުގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ. މިފަހަރުގެ ހިޖުރަ ކޭމްޕު ދަތުރުގައި 50 ...

19 Jul 2017 | 15:05

ހިޖުރަ ކޭމްޕުގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދަތުރު، މިއަހަރު ށ.އަތޮޅުގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.

މިފަހަރުގެ ހިޖުރަ ކޭމްޕު ދަތުރުގައި 50 ވަރަކަށް ޒުވާނުން ބައިވެރިވާނެކަމަށާއި މިދަތުރުގައި 2 ޝައިޚުން ބައިވެރިވާނެކަމަށް ޖަމްޢިއްޔާއިން ޚަބަރުދެއެވެ.

"އަޅުގަނޑުމެންގެ މިއަހަރުގެ ހިޖުރަ ކޭމްޕު ދަތުރުގައި 50 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވާ ގޮތަށް ހަމަޖެހިފަ އޮތީ. އެއީ މުޅިންވެސް ށ.އަތޮޅުގެ ޒުވާނުން. މާލެއިން ދާނީ ދެ ޝައިޚުންނާއި އަޅުގަނޑުމެންގެ ޓެކްނިކަލް ދެ މީހުން. މިފަހަރު ދާނެ ދެ ޝައިޚުންނަކީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އާއި އައްޝައިޚް މުޖްތަބާ ޙަމީދު. އިންޝާﷲ މިފަހަރުގެ ދަތުރުންވެސް ޒުވާނުންނަށް ދީނީގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ" ސަލަފްގެ އިސް އޮފިޝަލަކު ޚަބަރު ދީފައިވެއެވެ.

ދީނީ ތަފާތު ގިނަ ޙަރަކާތްތަކެއް އެކުލެވިގެންވާ މިދަތުރަކީ ޝައިޚުންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރުމަށް ޒުވާނުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށާއި 'ހިޖުރަ ކޭމްޕު' ބޭއްވުމަށް ޝައުޤުވެރިވާ ރަށްރަށުން ޖަމްޢިއްޔައްތުއްސަލަފަށް އެކަމަށް އެދި ރިކުއެސްޓު ފޮނުވުމަށް އެޖަމްޢިއްޔާއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް