ސަލަފުން ބޮޑުޢީދުގައި 'ބަނޫން' އިވެންޓު ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިން ބާއްވަމުންދިޔަ 'ބަނޫން' އިވެންޓު އަނެއްކާވެސް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިފަހަރުގެ ބޮޑުޢީދުގައި މާލޭގައި ބާއްވާ މި އިވެންޓުގެ ކޯޑިނޭޓަރު އަޙްމަދު ޝަރީފް ޚ...

19 Jul 2017 | 14:58

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިން ބާއްވަމުންދިޔަ 'ބަނޫން' އިވެންޓު އަނެއްކާވެސް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިފަހަރުގެ ބޮޑުޢީދުގައި މާލޭގައި ބާއްވާ މި އިވެންޓުގެ ކޯޑިނޭޓަރު އަޙްމަދު ޝަރީފް ޚަބަރުދެއްވިގޮތުގައި ބޮޑުޢީދުގައި ސަލަފުން ބާއްވާ މިއިވެންޓަކީ ވަރަށް ތަފާތު އިވެންޓަކަށް ވާނެކަމަށާއި ރާއްޖޭގައި އަދި މިހާތަނަށް ތަޖުރިބާ ކޮށްފައިނުވާ އެތައް ކުޅިވަރުތަކެއް މި އިވެންޓުގައި ހުންނާނެކަމަށެވެ. ކުޑަކުދިންނަށް ޚާއްޞަކޮށްގެން އިންތިޒާމު ކުރާ މި އިވެންޓުގައި ސްޓޭޖުގެ ބައެއް ހަރަކާތްތައްވެސް ހިމެނޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ބަނޫން އިވެންޓަކީ އިންޝާﷲ ވަރަށް ފުރިހަމަ އިވެންޓަކަށް ވާނެ. ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ މި އިވެންޓުގައި އެކުދިން ހިތް އުފާވާނެ އެތައް ކަމެއް ހިމެނިގެންދާނެ. އަޅުގަނޑުމެން މި އިވެންޓު މި ބާއްވަނީ ޖެހިޖެހިގެން 3 ދުވަހު. އެހެންވީމަ ވަރަށްގިނަ ކުދިންނަށް މިއިވެންޓުގައި ބައިވެރިވެވޭނެ. ކުރިން ބާއްވާފައިވާ އިވެންޓުތަކާއި ޚިލާފަށް މިފަހަރުގެ އިވެންޓު ވަރަށް ތަފާތުވާނެ އިންޝާﷲ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވިގޮތުގައި މިއިވެންޓުގައި ސްޕޮންސާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި މިއިވެންޓަކީ އެފަރާތްތަކަށްވެސް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް