މާލެ އާއި އަތޮޅުތެރޭގައި ހަމަޖެހުން ނަގާލަން ބަޔަކު ރާވަމުން ދާ ކަމަށުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަނުޖެހުން އުފައްދަން އެއްވެސް ބަޔަކު އުޅޭނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ރާއްޖޭގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަކީ ފުލުހުންގެ އެންމެ އިސް މަގްސަދު ކަމަށާއި އެއްވެސް ސަރަހައްދެއްގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރަން ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
ފުލުހުން ބުނީ މި ފަހަކަށް އައިސް ތަފާތު ކުށް ކުރުން މަދުވެފައި ވަނިކޮށް މިހާރަކަށް އައިސް އެފަދަ ކުށްކުރުން އިތުރުވާތީ އެކަން ހުއްޓުވައި މާލޭގެ އަމާންކަން ގާއިމް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އިތުރުވެފައިވާ ކުށްތަކުގެ ގޮތުގައި ފުލުހުން ފާހަގަ ކޮށްފައިވަނީ މާރާމާރީ އާއި ރާވަިއގެން ހިންގާ ކުށްތަކެވެ.
އެކަމަކު ހަމަނުޖެހުން ހިންގަން ރާވަނީ ކޮން ބައެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް