ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި މެންބަރުން ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސް ކުރުމަށް ފަހު އޭނާ ހައްޔަރު ކުރީ އިއްޔެ އެވެ.
ހަތަރު ގަޑި އިރަށް ދިގުދެމިގެން ދިޔަ މުއްދަތު ޖެހުމުގެ މަޖިލީހުގައި ގާޒީ އަލީ އާދަމް ނިންމާފައިވަނީ ފާރިސް މުޖުތަމައުއަށް ދޫކޮށްލާފައި ހުރެއްޖެ ނަމަ ހެތްކަށް ނުފޫޒު ފޯރުވާނެ ކަމަށެވެ.
ފާރިސް މައްޗަށް ފުލުހުން ކުރާ ތުހުމަތާއި ގުޅޭގޮތުން ބުނެފައިވަނީ ކުށް ސާބިތު ވާވަރުގެ ހެކި ފާރިސް އާއި ދެކޮޅަށް ލިބިފައިވާ ކަމަށެވެ. މިއަދުވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ފާރިސް ދިރިއުޅުއްވާ ސްނޯ ރޯސް ގެއަށް ވަދެ ފާސް ކުރުމަށް ފަހު އެގޭ ސީސީޓީވީ ހާޑް ޑިސްކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް