ކޯޓު އަމުރަކާއެކު ފާރިސް ދިރިއުޅުއްވާ ގެއަށް އަނެއްކާވެސް ފުލުހުން ވަދެއްޖެ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ދިރިއުޅުއްވާ ގެއަށް ކޯޓު އަމުރެއްގެ ދަށުން މިއަދުވެސް ފުލުހުން ވަދެއްޖެ އެވެ. ފާރިސް ދިރިއުޅުއްވާ މ ސްނޯރޯސް ބަލާ ފާސް ކުރުމަށް ފުލުހުން ހޯދާފައިވާ ...

19 Jul 2017 | 09:05

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ދިރިއުޅުއްވާ ގެއަށް ކޯޓު އަމުރެއްގެ ދަށުން މިއަދުވެސް ފުލުހުން ވަދެއްޖެ އެވެ.

ފާރިސް ދިރިއުޅުއްވާ މ ސްނޯރޯސް ބަލާ ފާސް ކުރުމަށް ފުލުހުން ހޯދާފައިވާ އަމުރުގައި މައްސަލައިގެ ތަފްސީލުގެ ގޮތުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި އިތުރު ބަޔަކު ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާކަމުގެ މައްސަލަ ކަމަށެވެ.

ތަކެތި ހިފެހެއްޓުމަށް ބޭނުންވާ ސަބަބު ކަމަށް ކޯޓު އަމުރުގައި މައްސަލައާއި ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކޯޓު އަމުރުގައި ބަޔާން ކޮށްފައިވަނީ އިންޓެލިޖެންސް ސިއްރު މައުލޫމާތާއި، ހެއްކެއްގެ ހެކިބަހާއި، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލް އަދި މައްސަލައާއި ގުޅުންހުރި ވީޑިއާއެއްގައި ހިމެނޭ އޯޑިއޯ ސްކްރިޕްޓް ކަމަށެވެ.

ފާރިސް ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރަމުން އަންނައިރު އިއްޔެވެސް ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކޮށްފައި ވެ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފާރިސް ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް