ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާނެ ކަމަށާއި އަދި ހަގީގަތާއިވެސް ކުރިމަތިލާން ޖެހޭނޭ ކަމުގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްޕީ އިލްހާމް އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރު އެއްވެސް މީހަކަށް ކަނޑުވާނުލެވޭނެ ކަމަށާއި ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ހުކުމަށް އަމަލު ކުރަނީ ހުކުމް ކުރި ދުވަހުން ފެށިގެންކަން ސުޕްރީމް ކޯޓުން ނެރުނު ބަޔާނުން އެނގޭ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ވަކިކުރުން އެއީ ބާތިލު އެއްޗެއް ކަމަށާއި ވީމާ އެއްވެސް އެމްޕީއެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.
"އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަންވެސް ޖެހޭނެ، ވޯޓަށްވެސް އަހާނެ، މަޖިލީހުގެ ރައީސް މަސީހު މަޖިލިސް ރައީސް ކަމުން ބޭރުވެސް ކުރާނެ، ހިތްވަރާއެކު ދާންވީ ކުރިއަށް" އެމްޕީ އިލްހާމް ވިދާޅުވި އެވެ.
އެމްޕީ އިލްހާމް އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމް އިން ސޮއި ކުރި މެމްބަރުން ތިބީ ސާބިތު ކަންމަތީ ކަމަށާއި ހާލަތު ބަދަލު ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް