އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އަންގާފައިނުވަކަމަށް އަމީން އާމު ވިދާޅުވޭ: އެމްޕީ ރިޔާޒް

މަޖިލީހުގެ އަމީން އާމާއި ދެންމެ ބައްދަލުކުރުމުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އީސީ ނުވަތަ ސްޕްރީމްކޯޓުން މަޖިލީހަށް އަންގާފައިނުވާކަމުގައި ވިދާޅުވިކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ...

19 Jul 2017 | 08:18

މަޖިލީހުގެ އަމީން އާމާއި ދެންމެ ބައްދަލުކުރުމުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އީސީ ނުވަތަ ސްޕްރީމްކޯޓުން މަޖިލީހަށް އަންގާފައިނުވާކަމުގައި ވިދާޅުވިކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވާއިރު ރޭ ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އެ ކައުންސިލްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވިދާޅުވެފައިވަނީ މަޖިލީހުގެ ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދުމުން ޕާޓީގެ ދަފްތަރުން އެ މެމްބަރުންގެ ނަން އުނިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.

އެ ހަތަރު މެމްބަރުންނަކީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ޕާޓީން ވަކި ކުރި ނަމަވެސް ގޮނޑި ގެއްލުނުކަން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ބުނާގޮތުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކުރާއިރު ޕާޓީން ވަކިކުރާ ހިސާބުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް