ސައުދީ އަރަބިއްޔާ އާއި އެމެރިކާއަކީ އެކުވެރި ގާތް ދެ ގައުމަށްވާއިރު އަދި ސައުދީ އަކީ ސޫދާނަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމަކަށްވާއިރު ސައުދީގެ އެދުމަށް އެމެރިކާއާއި ގުޅުން ބަދަހިކުރުމަށް ސޫދާނުން ނިންމައިފި އެވެ.
ސޫދާނުގެ ރައީސް އޮމަރު ހަސަން އަލް ބަޝީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސައުދީގެ ރަސްކަމަށް ޝަކުރު އަދާކުރާ ކަމަށާއި އަދި އެމެރިކާއާއި ސޫދާނާއި ދެ ގައުމުގެ ގުޅުން ބަދަހި ކޮށްދިނުމަށް ސައުދީން ކޮށްދޭ މަސައްކަތަކަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ ސައުދީ ރަސްގެފާނުގެ އެދިލެއްވުމަށް އެމެރިކާއާއި އިތުރަށް ގުޅުން ބަދަހިކުރުމަށް ސޫދާންގެ ރައީސް ނިންމަވާފައިވާކަމަށެވެ. އެގޮތުން އެމެރިކާއާއި ދެކޮޅަށް ސޫދާނުގައި އަޅާފައިވާ ހުރަސްތައް ނައްތާލާނެ ކަމުގައި އެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް