ނައިބު ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ޖަމީލް އަހުމަހުގެ އިތުބާރުނެތް މައްސަލަ އަންނަ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ. މީގެ ކުރިން ވާހަކަދެކެވެމުން ދިޔައީ މި މައްސަލަ މާދަމާގެ ޖަލް...

19 Jul 2015 | 16:16

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ޖަމީލް އަހުމަހުގެ އިތުބާރުނެތް މައްސަލަ އަންނަ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މީގެ ކުރިން ވާހަކަދެކެވެމުން ދިޔައީ މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށެވެ. ނަމަވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ލަފަޔަކަށް އެދި ވަޑައިގެންފައިވާ، ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ މައްސަލަ އެވެ.

ނައިބު ރައީސްގެ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު ޖަވާބު ދާރީވުމަށް ނައިބު ރައީސަށް ލިބިވަޑައިގަންނަވާނީ 30 މިނެޓްގެ ފުރުސަތެއް ކަމަށް ވަނީ ބުނެފަ އެވެ.

ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްވުމަށް 57 މެމްބަރުންގެ ވޯޓު ބޭނުންވާއިރު މި ގަރާރު މަޖިލީހަށް ވައްދާފައިވަނީވެސް 61 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް